އައިޖީސީއެސްއީ ހިސާބު ސިލަބަހަށް އައި ބަދަލުތަކާ ގުޅިގެން އަންނަ އަހަރުގެ މެއި-ޖޫން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގަން ފަށައިފައިވާ ތަމްރީންތަކުގެ ފަހު ބުރު މިއަދު ފަށައިފި

ކެމްބުރިޖް އައިޖީސީއެސްއީ ހިސާބު ސިލަބަހަށް އައި ބަދަލުތަކާ ގުޅިގެން 2025 ވަނަ އަހަރު މެއި-ޖޫން ގައި އޮންނަ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގަން ފަށައިފައިވާ ތަމްރީންގެ ފަހު ބުރު މިއަދު ފަށައިފިއެވެ. މިއީވެސް ކުރިން ހިންގި ތަމްރީނުގެ 2 ބުރާ އެއްގޮތަށް 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމްވެސް ކުރިޔަށް ގެންދަނީ އެއިންސްޓިޓިޔުޓްގެ ސެމިނަރ ރޫމްގައެވެ. މިފަހަރުގެ ތަމްރީންގައި ބައިވެރިވަނީ ހިސާބު މާއްދާކިޔަވައިދޭ ޓީޗަރުންގެ 30 ބައިވެެރިޔެކެވެ.

މިތަމްރީނު ޕްރޮގްރާމްގެ 3 ބުރުގައިވެސް ޓްރޭނަރެއްގެ ގޮތުން ސެޝަންތައް ނަންގަވައި ދެއްވަނީ ކެމްބުރިޖްގެ އެގްޒަމިނަރ އެކެވެ. މި ޕްރޮގްރާމްގައި ހިންގުނު ތަމްރީންތަކުގައި ރާއްޖޭގެ 90 ސްކޫލް ހިމެނޭގޮތަށް 90 ޓީޗަރުންނަށް މިޕްރޮގްރާމުން ވަނީ ފުރުސަތު ލިބިފައެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.