ކެމްބްރިޖް އައިޖީސީއެސްއީ ހިސާބު ސިލަބަހަށް އައި ބަދަލުތަކާ ގުޅިގެން 2025 ވަނަ އަހަރުގެ މެއި-ޖޫން، އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ދެމުންގެންދާ ތަމްރީންގެ އިތުރު ބުރެއް އިއްޔެ ފަށައިފި

ކެމްބުރިޖް އައިޖީސީއެސްއީ ހިސާބު ސިލަބަހަށް އައި ބަދަލުތަކާ ގުޅިގެން 2025 ވަނަ އަހަރު މެއި-ޖޫން ގައި އޮންނަ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގަން ފަށައިފައިވާ ތަމްރީންގެ އިތުރު ބުރެއް އިއްޔެ ފަށައިފިއެވެ. މިއީވެސް ކުރިން ހިންގި ތަމްރީނާ އެއްގޮތަށް 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.

މިތަމްރީން ޕްރޮގްރާމް ބާއްވަނީ އެއިންސްޓިޓިޔުޓްގެ ސެމިނަރ ރޫމްގައެވެ. މިފަހަރުގެ ތަމްރީންގައި ބައިވެރިވަނީ ހިސާބު މާއްދާކިޔަވައިދޭ ޓީޗަރުންގެ 30 ބައިވެެރިޔެކެވެ.

މިތަމްރީނު ޕްރޮގްރާމްގައި ޓްރޭނަރެއްގެ ގޮތުން ސެޝަންތައް ނަންގަވައި ދެއްވަނީ ކެމްބުރިޖްގެ އެގްޒަމިނަރ އެކެވެ. މި ޕްރޮގްރާމް އަދި އިތުރު ގްރޫޕަކަށް ހިންގާގޮތަށްވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން ރާއްޖޭގެ 90 ސްކޫލް ހިމެނޭގޮތަށް 90 ޓީޗަރުންނަށް މިޕްރޮގްރާމުން ފުރުޞަތުލިބިގެން ދާނެއެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.