މާލެސިޓީ އާއި މާލެ އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ވޯރކްޝޮޕެއް ބާއްވައިފި

މާލެސިޓީގެ ސްކޫލްތަކާއި މާލެ އަތޮޅު (ކ. އަތޮޅު) ގެ ސްކޫލް ތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ޚާއްޞަކޮށް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ސްކޫލްތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާ، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ޙިއްސާކޮށް އަހުލުވެރި ކުރުވުމަށްޓަކާ ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގުރާމެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ޔުނިވަރު ސިޓީތަކާ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މި ތަމްރީނު ޕްރޮގުރާމްގެ މިބުރު ފެށީ އޮކްޓޯބަރު 15 ވަނަ ދުވަހު މާލޭ ޢިމާދުއްދީނު ސްކޫލްގައެވެ. އަދި މި ތަމްރީނު ޕްރޮގުރާމުގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިޔާގެ ސެގި ޔުނިވަރސިޓީންނެވެ.
މިތަމްރީނު ޕްރޮގުރާމްގައި މާލެ ސިޓީގެ ސްކޫލްތަކާއި ކ އަތޮޅުގެ ސްކޫލް ތަކުން 55 ބޭފުޅުން ބައިވެރި ވަޑައިގެންނެވިއެވެ.

Leave a Comment

Your email address will not be published.