ކުރިއަށް އޮތް ދިރާސީ އާއަހަރު ދަަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރ މެދުވެެރިކޮށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް އެދޭ ފަރާތްތައް ރަޖިސްޓަރވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައެޅުއްވި މުއްދަތު އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހު ހަމަވާނެއެވެ. 2022 އިން 2023 އަށް ފެށޭ ދިރާސީ އާއަހަރު، ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލެއްވީ އެކަމަށް ޚާއްޞަކުރައްވައި ގެޒެޓް ކުރެއްވި އިޢުލާނެއްގައި މިމަހުގެ 26 ވަނަ ދުވަހުއެވެ.
މިއިޢުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ވައުޗަރަށް ތަކެތި ދޫކުރުމަށް ކުރިމަތިލެވޭނީ އެކަމަށް ކަޑައަޅާފައިވާ ފޯރމް ފުރިހަމަކޮށް ހުށަހަޅައިގެން، ވިޔަފާރިކުރުމުގެ ހުއްދައޮތް ފަރާތްތަކަށެވެ. އަދި ވައުޗަރަށް ތަކެތި ދޫކުރެވޭނީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އެޑިޔުކޭޝަންގެ އިޢުލާނުގައި ވިދާޅުވެފައިވާ ގޮތުގައި މީގެ ކުރިން ސްޓޭޝަނަރީ ވައުޗަރު ދޫކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުންވެސް މިމުއްދަތުގައި އަލުން ރަޖިސްޓަރީ ވާން ޖެހެއެވެ.
ތައްޔާރުކުރީ/އޒ