ބަހުގެ އިސްތިރާޖީ ތަމްރީނެއް ކ. ތުލުސްދޫގައި ކުރިއަށްގެންގޮސްފި

ކ.އަތޮޅު ތައުލީ މަރުކަޒުގައި ބަހުގެ އިސްތިރާޖީ ތަމްރީނެއް ކުރިއަށްގެންގޮސްފިއެވެ.

25 މޭ އިން 27 މޭ 2022 އަށް ކ.ތުލުސްދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެ ރަށުގެ މުދައްރިސުންގެ އިތުރުން ހުރާ އަދި ހިންމަފުށި ސްކޫލުހިމެނޭހެން  50 މުދައްރިސަކު ބައިވެރިވެފައިވެއެވެ.

ތިން ރަށުގެ މުދައްރިސުން ތުލުސްދޫއަށް ގެނެސް ލިޓެރަސީ އެމްބެސެޑާރސް ޓްރެއިނިންގ އިން ތަމްރީނު ހޯއްދަވާފައިވާ އެއަތޮޅުގެ މުދައްރިބުން ހިންގި މި ތަމްރީނުގައި ދަރިވަރުންންގެ ވާހަކަދެއްކުމާއި، އަޑުއެހުމުގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންކުރާނެ ސްޓްރެޓެޖީތަކާއި، ރީޑިންގް ފްލުއެންސީ، ޝެއާރްޑް ރައިޓިންގ އަދި ދަރިވަރުންގެ ހުނަރުތަކުގެ ފެންވަރު ވަޒަން ކުރާނެ ގޮތްތައް ބައިވެރިންނަށް ބުނެދެވުނެވެ.

ޢަމަލީގޮތުން ބައިވަރިންވަނީ މި ތަމްރީނު ޕްރޮގްރާމުގައި ކިލާސް ރޫމެއްގައި ފިލަވާޅުތައް ނަގައިދޭނެގޮތާއި މެދު މަޝްވަރާކޮށް ގްރޫޕް ތަކުގައި ރޯލް ޕްލޭ ކުރިއަށްގެންސްފައަވެ.

އަދި އެކި މުދައްރިސުންގެ ތަޖުރިބާ އާއި ދިރާސާތައް ވެސް މުދައްރިސުންވަނީ މި ތަމްރީނުގައި ބައިވެރިންނާއި ޙިއްސާކުރައްވާފައެވެ.

ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖާއި، އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމަށް، 20 މާރިޗް އިން 22 މާރިޗް 2022 އަށް މާލޭގައި ކުރިއަށްދިޔަ ތަމްރީނު ޕްރޮގްރާމުގައި ތަމްރީނު ކުރެވުނު މުދައްރިބުން ތަމްސީލުކުރާ ސްކޫލުގައި މި މަސައްކަތް ކުރާނެގޮތުގެ ޕްލޭންނެއް އެކުލަވާލުމަށްފަހު، 14 އޭޕްރިލްގެ ކުރިން އެން.އައި.އީއަށް އެ ޕްލޭން ފޮނުވައި 24 ޖޫން 2022 ގައި މި ދެ އިސްތިރާޖު ސްކޫލުތަކުގައި ތަންފީޒުކޮށް ނިންމުމަށް ކަނޑެއެޅުނެވެ. މި ތަމްރީނަކީ އެ ގޮތުގެމަތީން ކުރިއަށްގެންދެވުނު ތަމްރީނެކެވެ.

ކ.އަތޮޅުން ތަމްރީނު ވެފައިވާ ލެޓެރަސީ މުދައްރިބުންގެ އިތުރުން  ޅ. އަތޮޅުގެ ޓީ.އާރް.ސީ ކޯޑިނޭޓަރ އާމިނަތް  އަބްދުﷲ އާއި ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް  މުޙައްމަދު އާރިފް ވެސް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިންނަށް ސެޝަން ނަންގަވައިދެއްވިއެވެ.

 

 

Leave a Comment

Your email address will not be published.