މަޖީދިއްޔާ ސްކޫލްގެ ގަސްއިންދުމުގެ ޙަރަކާތް ބާއްވައިފި

މަޖީދިއްޔާ ސްކޫލަށް 95 އަހަރުފުރޭ މުނާސަބާއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ގަސްއިންދުމުގެ ޙަރަކާތް އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ. “މަޖީދިއްޔާ ފޯރ ނޭޗަރ” ގެ ދަށުން ބޭއްވި ގަސްއިންދުމުގެ މިޙަރަކާތް ފަށްޓަވައި ދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް އެވެ.

މަޖީދިއްޔާ ސްކޫލުން ހާމަކޮށްފައިވާ މަޢުލޫމާތުތައް ބުނާގޮތުގައި މި ޙަަރަކާތުގައި އިއްޔެ 1927 ގަސް އިންދުނެވެ. އެނގިފައިވާގޮތުގައި ގަސްއިންދި މިއަދަދު ނިސްބަތް ކޮށްފައިވަނީ މަޖީދިއްޔާ ސްކޫލް ވުޖޫދުވި އަހަރަށެވެ. މަޖީދިއްޔާ ސްކޫލް ހުޅުވީ 1927 ވަނަ އަހަރުގައެވެ. ގަސްއިންދުން ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލެސިޓީގެ ރުށްގަނޑު ސަރަޙައްދުގައެވެ.

އެނގިފައިވާ ގޮތުގައި މިއީވަންޓް ކުރިޔަށް ގެންދިޔުމަށް ހަމަޖެހުމާގުޅިގެން މަޖީދިއްޔާ ސްކޫލުގެ ކޮންމެ ކްލާހަކުން ދަރިވަރުންވަނީ ސްކޫލަށް ގަސް ހަދިޔާކޮށްފައެވެ.

މިޙަރަކާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްބޭފުޅުންނާއި މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންނާއި ޕީޓީއޭއާއި އެހާރާއި މިހާރުގެ ގިނަދަރިވަރުންނާއި ގިނަޢަދަދެއްގެ ބެލެނިވެެރިންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންވެސް ބައިވެެރިވިއެވެ.

ތައްޔާރުކުރީ/އޒ

 

 

 

Leave a Comment

Your email address will not be published.