ދަ ޑިޖިޓަލް ޓީޗަރ ކޯސް ފެށިގެން ކުރިއަށްދަނީ

އިންޑިއާގެ މަހާތުމާ ގާންދީ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ފޯ ޕީސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް (އެމް.ޖީ.އައި.އީ.ޕީ) އާއި  ނޭޝަނަލް އިނސްޓިޓިއުޓް އޮފް އެޑިއުކޭޝަން(އެން.އައި.އީ) ގުޅިގެން

“ދަ ޑިޖިޓަލް ޓީޗަރ ކޯސް” މި ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

2022 މެއި 31 ވަނަ ދުވަހު ވަރޗުއަލްކޮށް ފެށި މި ތަމްރީނުގެ މަޤްސަދަކީ ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި އުނގަންނައިދެއްވާ މުދައްރިސުންގެ  އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގެ ފެންވަރު އިތުރަށް ރަނގަޅުރުމެވެ.

އެގޮތުން މިކޯހުގެ އޮންލައިން ޕްލެޓްފޯމުގައި ހުރި އެސްމެންޓުތަކާއި ކުއެސްޓްތައް މި ތަމްރީނުގެ ތެރެއިން ބައިވެރިން ފުރިހަމަކުރާނެއެވެ.

އެން.އައި.އީގެ ޓީޗަރ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ކޯޑިނޭޓްކޮށް އެމް.ޖީ.އައި.އީ.ޕީން ފެސިލިޓޭޓްކުރާ މި ތަމްރީނު 3 ބެޗަކަށް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި އަހަރު ނޮވެމްބަރުގެ ނިޔަލަށް ސަރުކާރު ސްކޫލަތަކުގެ ކީ ސްޓޭޖް 3،2،1، އަށް އުނގަންނައި ދެއްވާ 6000 އަށް ވުރެ ގިނަ މުދައްރިސުން ތަމްރީނުކޮށް ނިންމުމަށް ހަމަޖެހިފައިވެއެވެ.

އެމް.ޖީ.އައި.އީ.ޕީގެ މުދައްރިބުން ތަމްރީނު ދޭ މި ތަމްރީނު ޕްރޮގްރާމްތަކުގެ، މިހާރު ކުރިއަށްދާ ބެޗުގައި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1634 މުދައްރިސަކު ބައިވެރިވެއެވެ.

ފާއިތުވެ ދިޔަ އަހަރު ދިވެހިރާއްޖޭގެ ސްކޫލު މަދަރުސާތަކުން 200 މުދައްރިސަކު ވަނީ މި ތަމްރީނު ޕްރޮގަރާމްތައް ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލުކޮށްފައެވެ. އަދި އެ ތަމްރީނު ފުރިހަމަ ކުރެއްވި 5 މުދައްރިބަކު 31 މޭ 2022 އިން 30 ޖޫން 2022 އަށް ކުރިއަށްގެންދާ  މި ތަމްރީނު ޕްރޮގްރާމްތަކުގައި ކޯ ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނެއެވެ.

 

 

 

 

Leave a Comment

Your email address will not be published.