މުޙްޔިއްދީން ސްކޫލްގެ ދަސްވެނިވުން ބާއްވައިފި

މުޙްޔިއްދީން ސްކޫލްގެ 2022/2021 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފިއެވެ. މި އިޙުތިފާލު ބޭއްވީ އިއްޔެ މެންދުރު ކުރީގެ ވަގުތުގައި މުޙްޔިއްދީން ސްކޫލްގައެވެ.

މިއިޙުތިފާލްގެ ޝަރަފުވެރި މެހެމާނަކީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ، ލީޑަރޝިޕް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް އާދަމް ނަޞީރެވެ. އާދަމް ނަޞީރު ވަނީ މިއަހަރު ގްރޭޖުއޭޓްވި ދަރިވަރުންނާ މުޚާޠަބްކުރައްވައި ވާހަކަ ދައްކަވާފައެވެ.

އޭނާގެ އިތުރުން މުޙްޔިއްދީން ސްކޫލްގެ ޕްރިންސިޕަލް ނާޒިމާ ޢަލިމަނިކުވެސް ގްރޭޑް 10 ނިންމި ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ބޭއްވި މިއިޙުތިފާލުގައި ވާހަކަ ދެއްކެވިއެވެ.
މި އިޙުތިފާލުގައި ޑިސިޕްލިން އެވާޑާއި ޓޮޕްއެޗީވާރސް އެވޯޑް ދިނުންވެސް އޮތެވެ.

އިޙުތިފާލް ކުރިޔަށް ދިޔައީ އެސްކޫލްގެ ދަރިވަރުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ހުށަހެޅުންތަކާވެސް އެކުގައެވެ.

Leave a Comment

Your email address will not be published.