ފ. މަގޫދޫ ސްކޫލްގެ އިނާމު ދިނުން ބާއްވައިފި

ފ. މަގޫދޫ ސްކޫލުގެ 2019 އަދި 2020 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިމަހުގެ 2 ވަނަދުވަހުގެ ރޭގައެވެ.  ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޖާހިދުއެވެ.

މިރަސްމިއްޔާތުގައި 2019 ވަނަ އަހަރާއި 2021/2020 ވަނައަހަރު ފ. މަގޫދޫ ސްކޫލްގެ ބެސްޓް އޯލްރައުންޑަކަށް ހޮވުނު ދަރިވަރުން އިޢުލާނުކޮށް އިނާމުދިނުން އޮތެވެ. 2019 ވަނަ އަހަރުގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވުނީ ފ. މަގޫދޫ ޖޯޖެޑް ވިލާ ޢައިޝަތު މާޝީ ޢަބްދުﷲ އެވެ. 2021/2020 ގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވިފައިވަނީ ފ. މަގޫދޫ ނަޝީދާ މަންޒިލް މުޙައްމަދު ނާއިމުއެވެ.

އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެރަށުގެ މުއައްސަސާތަކުގެ އިސް ބައެއް ފަރާތްތަކާއި ދަރިވަރުން ބައިވެރިވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ‪އަޙުމަދު މުޖާހިދު‬ގެ މިދަތުރުފުޅުގައި ވަނީ ފ. މަގޫދޫ ސްކޫލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ސްކޫލަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

Leave a Comment

Your email address will not be published.