ދަރުމަވަންތަ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ދަރުމަވަންތަ ސްކޫލުގެ 2019-2020 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އިއްޔެ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. ދަރުމަވަންތަ ސްކޫލްގެ އިނާމުދިނުމަށް ބޭއްވި މިޖަލްސާގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާއެކު މިނިސްޓަރ އޮފް އެޑިޔުކޭޝަންޑރ. ޢާއިޝަތު ޢަލީ‬⁩ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަރުމަވަންތަ ސްކޫލުގެ 2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު އިސްރާފީލް ޢަލީ ޒާހިރުއެވެ. އަދި 2020 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަރިޔަމް މިންހާ މުފީދުއެވެ.

ސްކޫލް މަތީސާނަވީ ނިންމާ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާއެއް ވޭތުވި އަހަރު ހޯދީ ގައުމީ ގަދަ 10 ގެ އެއްވަނަ ހޯދި ޢަބްދުﷲ ފައުޒާން އަޙުމަދެވެ.

މިޖަލްސާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ޕާމަނަންޓް ސެކެޓެރީ އަޙުމަދު ޢަލީ އާއި އެމިނިސްޓްރީ އާއި ދާއިރާގެ ބައެއް އިސްބޭފުޅުން ބައިވެެރިވެވަޑައިގަތެވެ.

ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ ދީދީ ވާހަކަދެއްކެވިއެވެ.

 

Leave a Comment

Your email address will not be published.