ކަލާފާނު ސުކޫލުގެ ލިޓްލްމެއިޑް، ގައިޑް އަދި ކަބް ސްކައުޓުންނާއި ސްކައުޓް ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ކަލާފާނު ސްކޫލްގެ ޔުނީފޯމް ޙަރަކާތް ތަކުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

26 މެއި 2022 ވީ ބުރާސްފަތި ދުވަހުގެ ރޭ ކަލާފާނު ސުކޫލް ހޯލުގައި ބޭއްވި މި ހުވާކުރުމުގެ ރަސްމިއްޔާތުގައި 24 ސްކައުޓުންނާއި 53 ކަބްސްކައުޓުންގެ އިތުރުން 26 ގާލްގައިޑުންނާއި 65 ލިޓްލްމެއިޑުން ވަނީ އަލަށް ހުވާކޮށް ޔުނީފޯމް ޙަރަކާތާއި ރަސްމީކޮށް ގުޅިފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގާލްގައިޑް ކަމިޝަނަރ ފޮރ ޕަބްލިކް ރިލޭޝަން އަލްފާޟިލާ ފާތިމަތު ސަދާއެވެ. ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި ގާލްގައިޑުގެ ދަރިވަރުންނަށް މި ރޮނގުން ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭގެ އިތުރުން ޔުނީފޯމް ބޮޑީގެ ހުރިހާ ދަރިވަރުންގެ އަޚްލާގާ ސުލޫކު ހުންނަންވީ ގޮތާއި ދަރިވަރުން ކޮށްގެން ތިބި ހުވާގެ މުހިއްމު ކަމާއި ހުވައަށް ޙުރުމަތްތެރިކޮށް ހިތައިގެން ހިތްވަރާއި އެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދެއްކެވިއެވެ.

ރަސްމިއްޔާތުގައި ދަރިވަރުންގެ ފަރާތުން ހުށައަޅައިދިން މުނިފޫހި ފިލުވުމުގެ އައިޓަމެއް ކުރިއަށް ދިޔައެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ނިމިގެން ދިޔައީ ޤައުމީސަލާމުންނެވެ.

Leave a Comment

Your email address will not be published.