ތަފާތު ތިން ޙަރަކާތަކާއެކު ތިމާވެށީގެ ދުވަސް ފާހަގަކޮށްފި

 

މަޖީދިއްޔާއަށް 95އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން ކުރިޔަށްގެންދާ “މަޖީދިއްޔާ ފޮރ ނޭޗަރ” ގެ ދަށުން އެސްކޫލްގައި މިއަހަރުގެ ތިމާވެށީ ދުވަސް ފާހަގަކޮށްފިއެވެ.

ޖޫން 5ގައި މަޖީދިއްޔާގައި ފާހަގަ ކުރެވުނު ތިމާވެށީގެ ދުވަހުގެ އެއް ޙަރަކާތެއްގެ ގޮތުގައި އެދުވަހު ސްކޫލަށް ހުރިހާކުދިން ހިނގާފައި އައުމަށް ހަމަޖެހިފައިވާއިރު ކޮންމެކުއްޖަކުވެސް ސްކޫލަށް ގަހެއް ހަދިޔާކުރުން އޮތެވެ. އަދި ސްކޫލުން ޕްލާސްޓިކް އެއްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ގެއިން ޕްލާސްޓިކް ގެނައުން ހިމެނެއެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ޚާއްޞަ އެސެމްބްލީއެއް އެދުވަހުގެ 6:45 ގައި ވަނީ ބާއްވާފައެވެ.

Leave a Comment

Your email address will not be published.