މަޖީދިއްޔާ މުސްކުޅިދަރިވަރުންގެ އަހަރީ ޢާންމު ޖަލްސާ އަންނަ މަހު 20 ގައި

މަޖީދިއްޔާ ސްކޫލްގެ އިހުގެދަރިވަރުން ހިމެނޭ ޖަމްއިއްޔާ ކަމަށްވާ “މަޖީދިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްއިއްޔާ”ގެ އަހަރީ ޢާއްމު ޖަލްސާ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.

މިޖަލްސާގައި ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވާއިރު ކުރިއަށް އޮންނަ އަހަރު ކުރަން ގަސްދުކުރާ ކަންކަން ފާސްކުރުންވެސް ޖަލްސާގައި އޮންނާނެއެވެ.

މަޖީދިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްއިއްޔާއިން އިއްޔެވަނީ އިންތިޚާބީ މަޤާމްތަކަށް  ކުރިމަތިލުމަށް  ހުޅުވާލައިފައެވެ.
ހިންގާ ކޮމިޓީގެ ތަފާތު މަޤާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖުލައިގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހެއެވެ.
ރައީސާއި ނާއިބުރައީސް ހިމެނޭގޮތުން މުސްކުޅިދަރިވަރުންގެ ޖަމިއްޔާއިން އިންތިޚާބްކުރާ 9 މަޤާމެއް އޮވެއެވެ.

Leave a Comment

Your email address will not be published.