މަޝްވަރާތަކުގެ ނިންމުންތައް ހުށަހަޅުއްވާ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު

ޔުނެސްކޯއިން އިންތިޒާމް ކޮށްގެން ބޭންކޮކްގައި މިހާރު ކުރިޔަށްދާ އޭޝިއާ ޕެސިފިކްގެ އެޑިޔުކޭޝަން މިނިސްޓަރުންގެ ކޮންފަރެންސްގެ މަޝްވަރާތަކުގެ ނިންމުންތައް، ކޮންފަރެންސަށް ހުށަހަޅުއްވާ އެއްބޭފުޅަކަށް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު ހޮވިވަޑައިގެންފިއެވެ. ޑރ. އަބްދުﷲ ރަޝީދަކީ މި ޖަލްސާގައި ދިވެހިރާއްޖޭގެ އެޑިޔުކޭޝަން ދާއިރާ ތަމްސީލްކުރާ ވަފުދުގެ ވެރިޔާއެވެ.

ޖަލްސާގެ މަޝްވަރާތައް ދެބަޔަކަށް ބަހައިލައިފައިވާއިރު ޑރ. ޢަބްދުﷲ ރަޝީދު ހުށަހެޅުއްވީ މަޝްވަރާތަކުގެ ދެވަނަ ބައިގެ ނިންމުންތަކެވެ. ފުރަތަމަބައި ޖަލްސާއަށް ހުށަހެޅުއްވުމަށް ހޮވިވަޑައިގަތީ މޮންގޯލިއާގެ އެޑިޔުކޭޝަން މިނިސްޓަރ އެވެ. ޑރ. ޢަބްދުﷲ ރަޝީދު ހުށަހެޅުއްވި ބަޔަކީ ބަދަލުތަކާއެކު ތަޢުލީމު ދިނުމާއި ތަޢުލީމީ ނިޒާމް އަލުން ބައްޓަން ކުރުމާބެހޭ ރެކޮމަންޑޭޝަންތަކެވެ.


މިމަޝްވަރާތަކުގެ ނިންމުން ތަކުގެމައްޗަށް ކޮންފަރެންސްގެ ސްޓޭޓްމަންޓް މިއަދުގެ ކޮންފަރެންސްގައި ފާސްކުރާނެއެވެ. މިއަދަކީ 3 ދުވަހުގެ މިކޮންފަރެންސްގެ ފަހު ދުވަހެވެ.

Leave a Comment

Your email address will not be published.