ބ. ގޮއިދޫ ސުކޫލްގެ ޕީޓީއޭއިން މާލެ އަތޮޅު ގާފަރު ސުކޫލަށް އެކުވެރި ކަމުގެ ދަތުރެއް ކޮށްފިއެވެ.
މިއީ ދެސުކޫލުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ސްކޫލްއާއި ދަރިވަރުންނާ ގުޅޭ އެކިކަންކަމުގައި ޕީޓީއޭއިން ސްކޫލުގައި ހަރަކާތްތެރިވާ ގޮތާއި ދެފަރާތުގެ ތަޖުރިބާތައް އެއްބަޔަކު އަނެއްބަޔަކު ހިއްސާކުރުމުގެ ބޭނުމުގައި ކުރި ދަތުރެކެވެ.
ގާފަރު ސްކޫލުން ބުނިގޮތުގައި މިފަދަ ދަތުރެއް ކުރުމަށްޓަކައި ގޮއިދޫ ސްކޫލުން އެސްކޫލް ހިޔާރުކުރި ކަމީ އެފުރުސަތަށްޓަކައި ބ. ގޮއިދޫ ސުކޫލަށް ވަރަށް ބޮޑަށް ޝުކުރުވެެރިވާ ކަމެއްކަމަށެވެ. އަދި ގޮއިދޫސްކޫލަށް ކާމިޔާބީއާއި ހެޔޮއެދުންތައް ވަނީ ރައްދުކޮށްފައެވެ.
މިދަތުރުގެއެންމެހާ ކަންކަން އިންތިޒާމްކޮށް ކުރިޔަށް ގެންގޮސްފައިވަނީ ގާފަރު ސުކޫލުގެ ޕީޓީއޭގެ ވަރަށްފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންކަމަށްވާތީ އެސުކޫލުގެ ޕީޓީއޭއަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ރައްދުކުރާކަމަށްވެސް ގާފަރު ސްކޫލުން ބުނެފައިވެއެވެ.