ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުން ބާއްވައިފި. 1 ވަނަ ހަޒްމާއާއި ރަމްޝާ އަށް

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މިޖަލްސާ އޮތީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭގައެވެ. ޖަލްސާ ޝަރަފް ވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ޙުސައިން ރަޝީދު ޙަސަނެވެ.

ޑރ ޙުސައިން ރަޝީދު ޙަސަންވަނީ މިޖަލްސާގައި ދަރިވަރުންނާ މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި އެންމެ ބޮޑަށް ބާރުއެޅުއްވި ކަމަކީ ކުރަންބޭނުންވާ ކަމެއް ނުވާނެ ކަމެއްގެ ގޮތުގައި ދެކި އެކަމެއްކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލުމަށެވެ. ދަތިތަކާއި ހުރަސްތަކަކީ ކުރިމަތިވާނެ ކަންތައްތައް ކަމަށާއި އެހެންނަމަވެސް ނުވާނެކަމެއްގެ ގޮތުގައި ކަމެއްދެކި އެހިސާބުން އެކަން ހުއްޓާލައިގެން ނުވާނެކަމަށް ވިދާޅުވެ ދަރިވަރުންނަށް ނަސޭހަތް ދެއްވިއެވެ.

ފާއިތުވެ ދިޔަ އަހަރުގެ ނަތީޖާގައި ސާނަވީ ބައިން އެއްވަނަ ހޯދި މަރިޔަމް ހަޒްމާއެވެ. އޭނާ ވަނީ އަށް މާއްދާއިން އޭ ސްޓާ ހޯދައި ގައުމީ ގަދަ ދިހަކުން އެއްވަނަ ހޯދައިފައެވެ.މަތީ ސާނަވީ އިން އެއްވަނަ ހޯދީ އައިމިނަތު ރަމްޝާއެވެ. ރަމްޝާ ވަނީ ގައުމީ ގަދަ ދިހަކުން ހަތް ވަނަ ހޯދައިފަ އެވެ. އޭނާއަށް އެއް މާއްދާއިން އޭ ސްޓާ، ދެ މާއްދާއިން އޭ އަދި ދެ މާއްދާއިން ބީއެއް ލިބިފައި ވެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ ގަދަ 10 ގެ ނަތީޖާގައި އެމަރުކަޒުގެ 16 ކުދިން ހިމެނިފައިވާކަމަށެމަވެ. މަތިސާނަވީގައި 7 ކުދިން ގަދަ 10 ގެތެރޭގައި ވަނީ ހިމެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Leave a Comment

Your email address will not be published.