މުއައްޒަފުންނަށް މަޢުލޫމާތު ދެއްވުމަށް ށ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތެއް ކުރައްވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ‏ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީ އިއްޔެ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައިފިއެވެ. ޕާމަނަންޓް ސެކެޓެރީ އަޙުމަދު ޢަލީގެ މިޒިޔާރަތުގައި އެ ސްކޫލުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމެއްވަނީ ބާއްވަވާފައެވެ.

ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުއައްޒަފުންނާ ޕާމަންޓްސެކެޓެރީ ކުރެއްވި މި ބައްދަލުކުރެއްވުމުގައި މިދިޔަ މޭމަހު 1 ންފެށިގެން ޢަމަލުކުރަން ފަށާފައިވާ މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ ކުރިން އެމަނިކުފާނުވަނީ އެހެން ބައެއް ސްކޫލްތަކަށްވެސް ޒިޔާރަތްކުރައްވައި މުސާރައިގެ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅޭ މަޢުލޫމާތު އެތަންތާގެ މުއައްޒަފުންނާވެސް ޙިއްސާ ކުރައްވާފައެވެ.

އިއްޔެއަކީ ށ އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އޮންނަ ޚާއްސަ ދުވަސް ނުވަތަ ޕީޑީ ޑޭ ކަމަށްވާތީ ކަމާގުޅޭ ސެޝަނެއްވެސް ޕާމަނަންޓް ސެކެޓެރީ ނަންގަވައި ދެއްވިއެވެ. އެސްކޫލްގެ މުއައްޒަފުންނަށް ޕީއެސް އަޙުމަދު އަލީ ނަންގަވައިދެއްވީ ސެލްފް ރިފްލެކްޝަން އަދި ސެލްފް އިވެލުއޭޝަންގެ ސެޝަނެކެވެ.

މީގެ އިތުރުން ‏ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ޕީއެސްވަނީ އެމަރުކަޒުގެ މުއައްޒަފުންނާއި ޕީޓީއޭއާއި ބެެލެނިވެރިންނާވެސް ބައްދަލު ކުރައްވައި މަޝްވަރާކުރައްވާފައެވެ./އޒ

Leave a Comment

Your email address will not be published.