އެންއައިއީގެ އޮބްޒަވޭޝަން ހުށަހެޅުންތަކާމެދު މަޝްވަރާކޮށްފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އޮބްޒަވޭޝަނުން ދީފައިވާ މަޝްވަރާގެ މަތިން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމާމެދު ކޮއްކޮމެން ޕްރީ ސްކޫލްގެ ޗެއަރމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އެސްކޫލްގެ ޓީޗަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. ކޮއްކޮމެން ޕްރީސްކޫލުން މިކަން ހާމަކޮށްފައިވަނީ އެސްކޫލްގެ ފޭސްބުކްޕޭޖް ޕޯސްޓެއްގައެވެ.

މިޕޯސްޓްގައި ބުނެފައިވާގޮތުގައި އެންއައީ އޮބްޒަވޭޝަނުން ފާހަގަކޮށްފައިވާ ކަންކަމާމެދު ކުރެވުނު މަޝްވަރާގެ އިތުރުން މިމަހު 26 ގައި އޮންނަ އެސްކޫލްގެ ގްރެޖުއޭޝަން ފުރިހަމަ ގޮތުގައި ގެންދިޔުމުގެ ގޮތުންނާއި ސްކޫލްގެ މުއައްޒަފުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީތަޢުލީމުގެ ފުރުސަތު ހޯދައިދިނުމާ ގުޅޭ މަޝްވަރާއާއި ޕާފޯމެންސް ރަނގަޅު މުއައްޒަފުންނަށް ސްކޫލް ޚަރަދުގައި ޢުމުރާ ދަތުރު ހޯދައި ދިނުމާއި ދަރިވަރުންނާއި އެދަރިވަރުންގެ ޢާއިލާތަކަށް ހެޔޮއަގެއްގައި އުމުރާ ޓުވަރ ހަމަޖެއްސުމުގެ އެއްބަސްވުމެއް އުމުރާ ދަތުރު އިންތިޒާމްކުރާ ކުންފުންޏަކާއެކު ކުރުމާބެހޭ މަޝްވަރާތައްވެސް ކުރެވިފައިވެއެވެ.

މިބައްދަލުވުމުގައި ޗެއަރމަން ޑރ ޝަހީމްވަނީ ދަރިވަރުންނާއި ސްކޫލްގެ ކުރިއެރުމަށްޓަކައި މުއައްޒަފުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައި ކަމަށްވެސް މިޕޯސްޓްގައި ބުނެފައިވެއެވެ. މިބައްދަލުވުން އޮތީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އެންއައިއީން ބަލަހައްޓަމުންގެންދާ އެއް މަސައްކަތެއްގެ ގޮތުގައި ރާއްޖޭގެ ޕްރީސްކޫލްތަކުގެ އޮބްޒަރވޭޝަންހަދައި ލަފާދިނުން ހިމެނެއެވެ.

 

Leave a Comment

Your email address will not be published.