ސ. އަތޮޅުމަދުރަސާގެ އިނާމުދިނުން ބާއްވައިފި

ސ އަތޮޅު މަދުރަސާގެ 2019 އަދި 2020-2021 މިދެއަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަހުމަދު މުޖާހިދު އެވެ.

އިނާމު ދިނުމުގެ މިޖަލްސާގައި 2019 ވަނައަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާމިނަތު މައިހާ ފަޔާޒްއެވެ.

ވޭތުވެދިޔަ ދިރާސީ އަހަރު ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ފާތިމަތު މާޔާ ޝަރީފެވެ.

މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ ޒައުރާ ޢަބްދުﷲ އެވެ.

މިޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން ޑެޕިޔުޓީ މިނިސްޓަރ މުޖާހިދުވަނީ މިމަދަރުސާގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި ތައުލީމީ ޖީލެއް ބިނާކުރުމުގައި ސްކޫލުގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ހިމެނޭކަން ފާހަގަކޮށް އެބޭފުޅުން އެގޮތުގައި ސާބިތުވެ ތިއްބެވުމަށް ހިތްވަރުދެއްވިއެވެ.

Leave a Comment

Your email address will not be published.