ދާންދޫ ސްކޫލްގެ އިނާމު ދިނުން ބާއްވައިފި، ޝަރަފުވެރި މެހެމާނަކީ ފެނަކައިގެ އެމްޑީ

ދާންދޫ ސްކޫލްގެ 2019 އަދި 2020-2021 މިދެއަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވައިފިއެވެ.

މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދުއެވެ. ޚާއްސަ މެހެމާނެއްގެ ގޮތުގައި މިޖަލްސާގައި ދާންދޫ ދާއޮރާގެ ޕާލަމެންޓް މެންބަރ ޔައުޤޫބް ޢަބްދުﷲ ބައިވެރިވެވަޑައިގަތެވެ.

2019 ވަނަ އަހަރު ދާންދޫ ސްކޫލްގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވުނީ ސާރާ މަސްއޫދެވެ. ވޭތުވެދިޔަ 2020-2021 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑް ދަރިވަރަކީ އާމިނަތު ނަހުޒާ މުހައްމަދު އެވެ.

 

Leave a Comment

Your email address will not be published.