ށ. ފުނަދޫ ސްކޫލްގައި އިމާރާތްކުރަމުންދާ ކްލާސްރޫމްތަކުގެ މަސައްކަތް ކުރިޔަށްދާގޮތް މިނިސްޓަރ ބައްލަވާލައްވައިފި

މިނިސްޓަރ އޮފް އެޑިޔުކޭޝަން ⁦‪ޑރ. ޢާއިޝަތު ޢަލީ‬⁩ މިއަދު ށ. ފުނަދޫ ސްކޫލަށް ވަޑައިގެން، އެ ސްކޫލުގައި އަޅަމުންދާ 15 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު އާއި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރގެ މިދަތުރުފުޅުގައި ށ. ފުނަދޫ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް ބާއްވާ އިޙުތިފާލްތަކުގައި އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މަޢުލޫމާތުތައް ބުނާގޮތުގައި ށ. ފުނަދޫ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރާ ޚާއްސަ އިޙުތިފާލްތައް ޝަރަފުވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ. މި ރަސްމިއްޔާތަށްޓަކައި އެމަނިކުފާނު މިހާރުވަނީ ށ. ފުނަދުއަށް ވަޑައިގެންފައިކަމަށްވެސް އެނގިފައިވެއެވެ.

Leave a Comment

Your email address will not be published.