ޢަފީފުއްދީން ސްކޫލުން ވޭތުވެދިޔަ ދެއަހަރު ހުރިހާ ގޮތަކުން އެއްވަނަ ހޯދީ ޢަރީޝާ އާއި އީޖާދް

އަފީފުއްދީން ސްކޫލުގެ ވޭތުވެދިޔަ ދިރާސީ ދެ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު މިޖަލްސާ ބާއްވައިފައިވަނީ  އެސްކޫލްގައި އިހަށްދުވަހުއެވެ.

މިޖަލްސާގައި 2019 ވަނަ އަހަރު، ސްކޫލުން އެކި ރޮނގުތަކުން ފާހަގަކުރެވޭ ތަފާތު ވަނަތަކަށް އިނާމުދިނުމާ އަދި ވޭތުވެދިޔަ 2020-2021 ވަނައަހަރު އެސްކޫލުގެ ފާހަގަ ކުރެވޭ އެކި ވަނަތަކަށް އިނާމުދިނުން އޮތެވެ.

އަފީފުއްދީން ސްކޫލްގެ މި 2 އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އެމަނިކުފާނުގެ އަރިހުގައި ސްކޫލްގެ ޕްރިންސިޕަލް ނާޞިޙާ އިދްރީސް ބައިވެރިވެ ވަޑައިގަތެވެ.

ޝަރަފުއްދީން ސްކޫލުން 2019 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑް ދަރިވަރަކަށް ހޮވުނީ ކުޅުދުއްފުށީ މަންފާ، އާމިނަތު ޢަރީޝާ ޢަބްދުއްރަޝީދުއެވެ. 2019 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނަކީވެސް އޭނާއެވެ.

2020-2021 ވަނަ އަހަރުގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވުނީ ކުޅުދުއްފުށި ސިޓީ ދިނަޝަ، އީޖާދް މުޙައްމަދުއެވެ. ވޭތުވެދިޔަ އަހަރުގެ ސްކޫލް ކެޕްޓަނަކީވެސް އޭނާއެވެ.

ވަރަށް ކުލަގަދަކޮށް ބޭއްވި މިއިޙުތިފާލްގައި އެސިޓީގައި ހުންނަ ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އިސްބޭފުޅުންނާއި ބެލެނިވެރިންނާއި އަފީފުއްދީން ސްކޫލްގެ ދަރިވަރުން ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.