“ޓީއާރުސީ ރިފޯރމް ފޯރަމް 2022” ފަށައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރ ( ޓީއާރުސީ) ތަކުން މިހާރު އަދާކުރަމުންގެންދާ ދައުރަށް ކުރިމަގުގައި ގެންނާނެ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް އިއްޔެ ފެށިއްޖެއެވެ. 3 ދުވަހުގެ މި ބައްދަލުވުން މާދަމާގެ ނިޔަލަށް ދިގުދެމިގެންދާނެއެވެ.

“ޓީއާރުސީ ރިފޯރމް ފޯރަމް 2022” ގެ ނަމުގައި ބާއްވާ މިބައްދަލުވުން ހިނގަމުންދަނީ މާލެ އަތޮޅު ތުލުސްދޫގައި ހުންނަ މާލެއަތޮޅަށް ޚާއްސަ ޓީއާރުސީ ގައެވެ.

އެންއައިއީގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް އަލީރަޝީދު ވިދާޅުވިގޮތުގައި މިފޯރަމްގެ މައިގަނޑު ބޭނުމަކީ ޓީއާރުސީތަކުގެ މަސައްކަތްތައް ރާއްޖޭގެ ތަޢުލީމީ ނިޒާމާ އެއްގޮތަށް ބައްޓަންކުރުމެވެ. ޚާއްޞަކޮށް ދާދިފަހުން އަމަލުކުރަންފެށި ތަޢުލީމީ ގާނޫނަށް ފެތޭގޮތަށް ޓީއާރުސީގެ މަސައްކަތްތައް ބަދަލުވެގެން ދިޔުމެވެ.

މިފޯރަމްގައި ޓީއާރުސީތަކުގައި މަސައްކަތްކުރާ ކޯޑިނޭޓަރުންނާއި ޓީއާރުސީތައް ހުންނަ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެންއައިއީގެ ފަންނީ މުވައްޒަފުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އިން ޖުމުލަ 40 ބައިވެރިއަކު ބައިވެރިވެއެވެ./އޒ

Leave a Comment

Your email address will not be published.