ބަންދުގައި ތިބޭ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ފަހުމުނާމާއެއް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަޤުޞަދަކީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތުގައި ވިޔަސް އެއްވެސް ތަފާތުކުރުމެއްނެތި ކުއްޖާގެ އުމުރުފުރާ އާ ގުޅޭ ގޮތަށް ކުއްޖާއަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން ދަރިވަރުންގެ ކިޔެވުން ރާވައި ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ. އަދި މިކަން ކުރުމަށް އެހީތެރިވެދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީ އެވެ. އަދި  މޯލްޑިވްސް ކަރެންޝަނަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙުމަދު މުޙައްމަދުފުޅު އެވެ.

Leave a Comment

Your email address will not be published.