6 ވަނަ ޓީޗަރސް ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ސުންގަޑި މިރޭ 11:59 އަށް ހަމަވާނެ

އަންނަ އޮކްޓޫބަރ މަހުގެ 9 ން 10 އަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބާއްވަން ހަމަޖެހިފައިވާ 6 ވަނަ އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު މިރޭ 11:59 އަށް ހަމަވާނެއެވެ.

ދިރާސާކުރުމުގެ ސަގާފަތް ތަޢުލީމީ ދާއިރާގައި އާލާކުރުމުގެ މަޤުޞަދުގައި 2012 ވަނައަހަރުން ފެށިގެން ކޮންމެ 2 އަހަރަކުން 1 އަހަރު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ފެންވަރުގެ މިކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ޕޭޕަރ ހުށަހަޅާ ގިނަބައިވެރިން އެކަމަށް އެދިފައިވާތީ އިތުރު ވަގުތު އެފަރާތްތަކަށް ދިނުމަށާއި އިތުރުފަރާތްތަކަށްވެސް ޕޭޕަރު ހުށަހެޅުމަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުންނެވެ.

ކުރިން އޮތީ މިމަހުގެ 7 ގެ ނިޔަލަށް އެބްސްޓްރެކްޓް ހުށަހަޅައި ނިންމާ ގޮތަށެވެ. ފަހުން މިތާރީޚް ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރިޔަސް ކޮންފަރެންސް ބާއްވާ ތާރީޚާއި ބައިވެރިވުންފަދަ އެހެން އެއްވެސް ޑެޑްލައިނަކަށް ބަދަލެއް ނާދެއެވެ.

މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 9 ން 10 އަކަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީގައެވެ. މިކޮންފަރެންސްއާބެހޭ މަޢުލޫމާތު ހިމެނޭ، ކޮންފަރެންސްގައި ބައިވެރިވުމުގެ ދަޢުވަތާއި ކޮންފަރެންސްގެ މަޢުލޫމާތު ގައިޑު އަދި ކޮންފަރެންސްގެ ޕޯސްޓަރ މީގެ ކުރިންވަނީ ސްކޫލްތަކާއި ޙިއްސާ ކޮށްފައެވެ./އޒ

Leave a Comment

Your email address will not be published.