ބެލެނިވެރިންނަށް ހިންގަން ހަމަޖެހިފައިވާ ޑިޖިޓަލް ލިޓެރަސީ އެވެއަރނަސް ޕްރޮގްރާމަށް ޓްރެއިނަރުން ތަމްރީނުކުރަން ފަށައިފި

ޑިޖިޓަލް ލިޓެރަސީ އަށް ބެލެނިވެރިން އަހުލުވެރި ކުރުމަށް ސްކޫލްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޑިޖިޓަލް ލިޓެރަސީ އެވެއަރނަސް ފޮރ ޕޭރެންޓް” ޕްރޮގްރާމަށް ޓްރެއިނަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށައި ހިގަމުން އެބަދެއެވެ.

މި ޓްރެއިނިންގގެ މަގްޞަދަކީ ދަރިވަރުންގެ އުނގެނުމުގައި އެހީތެރިވެދިނުމަށްޓަކައި ޑިޖިޓަލް ލިޓެރަސީގެ މުހިންމުކަން ބެލެނިވެރިންނަށް އަންގައިދިނުމާއި، ދަރިވަރުން އުނގެނޭ ތަފާތު ގޮތްތައް ދަނެގަނެ ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ހޯދައިދިނުމާއި އަދި އޮންލައިންކޮށް އުނގެނުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދިނުމެވެ.

އަދި މީގެ އިތުރުން، އިންޓަރނެޓް ރައްކާތެރިގޮތުގައި ބޭނުންކުރަން ދަރިވަރުންނަށް ބާރުއަޅައިދިނުމާއި، އޮންލައިންކޮށް އުނގެނުމުގައި ދަރިވަރުންގެ ނަފްސާނީ އަދި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރާނެ ގޮތްތަކާއި ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި ބެލެނިވެރިންނަށް  މަޢުލޫމާތު ދެވޭނެއެވެ.

މި ޓްރެއިނިންގައި ސަރުކާރު ހުރިހާ ސްކޫލްތައް ހިމެނޭހެން 416 ބެލެނިވެރިން ބައިވެރި ވެއެވެ. ޓްރެއިނިނގް ކުރިއަށް ގެންދާނީ  މިމަހުގެ 15 އިން މިއަދުގެ ނިޔަލަށް އޮންލައިން ކޮށެވެ. ޓްރެއިނިންގ ގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.އައި.އީ ގެ ސްކޫލް އޮފް ޓީޗަރ ޑިވެލޮޕމެންޓްގެ ޕޮރްފެޝަނަލް ބޭފުޅުންނެވެ. މީގެ ތެރޭގައި ޓީ.އާރު.ސީ ކޯޑިނޭޓަރުން ވެސް ހިމެނެއެވެ.

 

 

Leave a Comment

Your email address will not be published.