ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތުގައި ޤައުމީ މަންހަޖު ތަންފީޒުކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެއް މުޙްޔިއްދީން ސްކޫލްގައި ބާއްވައިފި

ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތުގައި ޤައުމީ މަންހަޖު ތަންފީޒުކުރުމުގެ މައްޗަށް މަޢުލޫމާތުދިނުމުގެ މަސައްކަތު ބައްދަލުވުމެއް މުޙްޔިއްދީން ސްކޫލްގައި މިއަދު ބާއްވައިފިއެވެ.

ޤައުމީ މަންހަޖުތަންފީޒުކުރުމުގެ މަސައްކަތުގެ މައި އިދާރާކަމަށްވާ ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ބޭއްވި މިވޯރކްޝޮޕަކީ ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގެ (ޕްރޮފެޝަލް ޑިވެލޮޕްމެންޓް ގެ) އެއްދުވަހުގެ ވޯރކްޝޮޕެކެވެ. 

މުޙްޔިއްދީން ސްކޫލްގެ ފަންނީ މުއައްޒަފުން ބައިވެރިވި މިމަސައްކަތު ބައްދަލުވުން ހެނދުނާއި މެންދުރުފަހުގެ ވަގުތުގައިވެސް ކުރިޔަށް ގެންދިޔައެވެ. 

ވޯރކްޝޮޕްގައި މަޢުލޫމާތު ދިނީ އެންއައިއީ ގެ ކަރިކިޔުލަމް ޑިޕާޓްމެންޓާއި ޓީޗަރ ޑިވެލޮޕްމެންޓް ޑިޕާޓްމެންޓާއި އާރލީޗައިލްޑްހުޑް ޑިޕާޓްމަންޓުގެ ފަންނީ މުއައްޒަފުންނެވެ. މީގެ އިތުރުން އެންްއައިއީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު ވެސް ޕެޑެގޮޖީއާބެހޭ މަޢުލޫމާތުގެ ސެޝަނެއް ނަންގަވައިދެއްވިއެވެ.

މިވޯރކްޝޮޕްގެ ފުރަތަމަ ދަންފަޅީގައި އެންމެ ފުރަތަމަ މައުލޫމާތު ދެވުނީ މަންހަޖުގެ ” ބިގް ޕިކްޗަރ” (ބޮޑު މަންޒަރު) އާ ބެހޭގޮތުންނެވެ. މިމަޢުލޫމާތު ދެއްވީ ކަރިކިޔުލަމް ޓީމްގެ އައްޝައިޚު ޔަޢުޤޫބް ޔޫސުފް އާއި އިބްރާހިމް ޝާޠިރުއާއި އަޙުމަދު ސަޢީދުއެވެ. 

“ޝެއަރޑް ވެލިޔުޒް” ނުވަތަ ޙިއްސާކުރާ އަގުތަކާބެހޭގޮތުންވެސް މަޢުލޫމާތު ދެވުނެވެ. މިމަޢުލޫމާތުވެސް ދެއްވީ ކަރިކިޔުލަމް ޓީމްގައި ހިމެނޭ މުޙައްމަދު ޢާޝިރުއާއި ޢަލީ އާދަމް އެވެ. 

ޤައުމީ މަންހަޖުގެ މައިގަނޑު ގާބިލިއްޔާބެހޭގޮތުން ބޭއްވުނު ސެޝަންގައި މަޢުލޫމާތު ދިނީވެސް ކަރިކިޔުލަމް ޓީމުންނެވެ. މިސެޝަނުގައި ބައިވެެރިވީ ޝިރުމީން އަޙުމަދު އާއި ފާޠިމަތު އައިރީން އަދި ޢައިޝަތު ސަމިއްޔާއާއި ޢާއިޝަތު ޝިއުނީއެވެ. 

އެސެސްމަންޓާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ ޓީޗަރ ޑިވެލޮޕްމަންޓްގެ ނިޢުމާ މުޙައްމަދުއާއި އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ސުވައިދާ މުޙައްމަދު އެވެ.

 

މިވޯރކް ޝޮޕް ނިންމާލުމުގެ ކުރިން ސުވާލާއި ޖަވާބުގެ ސެޝަނެއް ކުރިޔަށް ގެންދެވުނެވެ. / އޒ

ޚަބަރާ ގުޅޭ އިތުރު ފޮޓޯ:

Leave a Comment

Your email address will not be published.