އޯލެވެލް އިމްތިހާނުގައި ގިނަ ސްކޫލްތަކުން މަތީ ނަތީޖާތަކެއް ހާޞިލްކޮށްފައިވާތީ ތަހުނިޔާ ވިދާޅުވެއްޖެ

2021-2020 އަށް ބޭއްވި އޯލެވެލް އިމްތިޙާނުގައި ރާއްޖޭގެ ގިނަ ސްކޫލްތަކުން، އާންމުނޫން މަތީފެންވަރުގެ ނަތީޖާތަކެއް ޙާޞިލްކޮށްފައިވާކަމަށާއި އެކަމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެެރިންނާއި އަދި ސްކޫލްތަކަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ އިއްޔެ މިކަން ފާހަގަ ކުރެއްވުމުގެ ގޮތުން ކުރެއްވި ޓްވިޓަރ މެސެޖެއްގައި މިކާމިޔާބީ އަށް ތަހުނިޔާ ރައްދު ކުރައްވައި ވިދާޅުވީ އެކަމަނާގެ އުއްމީދަކީ ކުރިމަގުގައިވެސް މިކާމިޔާބީ ދެމެހެއްޓުންކަމަށެވެ.

5900 އެއްހައި ދަރިވަރުން ބައިވެެރިވި އޯލެވެލް އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިފަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިޙާން ރާއްޖޭގެ 239 މަރުކަޒެއްގައި ބާއްވައިފައިވެއެވެ.

އެންމެ ފަހުން ބޭއްވި މިއޯލެވެލް އިމްތިޙާނުގައި 700 އަށްވުރެން ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނިފައިވާ ކަމަށް މަޢުލޫމާތުތައް ބުނެއެވެ. މިއީ އޯލެވެލްގައި ގަދަ 10 ހޮވަން ފެށިފަހުން އެންމެ ގިނަދަރިވަރުން ގަދަ 10ގައި ހިމެނުނު ފަހަރެވެ.

 

Leave a Comment

Your email address will not be published.