މެލޭޝިޔާގައި ތިބޭ ދިވެހި ކުދިންނަށް ދިވެހިބަސް ކިޔަވައިދޭން ފަށައިފި

މެލޭޝިޔާގައި ތިބޭ ދިވެހި ކުދިންނަށް ހިންގާ ދިވެހިބަސް ދަސްކޮށްދޭ ކްލާސްތައް މިއޮގަސްޓްމަހުގެ 21 ވަނަ ދުވަހު ފަށައިފިއެވެ. ފުރަތަމަ ކްލާސް ބޭއްވީ މާލޭ ގަޑިން އެދުވަހުގެ ހެނދުނު 07:00 ގައެވެ.

ދަރިވަރުން 3 ގްރޫޕަކަށް ބަހާލައިގެން ހިންގާ މިކްލާސްތަކަކީ އޮންލައިންކޮށް ހިންގާ ކްލާސްތަކެކެވެ.

މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނާ ގުޅިގެން ކުރިޔަށް ގެންދާ މިކްލާސްތަކުގައި ޖުމުލަ 62 ދަރިވަރަކު ބައިވެރިވެއެވެ. އެއީ 9 އަހަރުން ދަށުގެ 35 ދަރިވަރަކާއި 9 އަހަރުން މަތީގެ 19 ދަރިވަރުންނާއި އެސްއެސްސީ އިމްތިޙާނަށް ކިޔަވާ 8 ދަރިވަރެކެވެ.

ފުރަތަމަ މަހުގައި ދަރިވަރުންގެ ވަކިވަކި ފެންވަރު ދެނެގަނެ ކިޔެވުން ކުރިޔަށް ގެންދާނެގޮތް ކަނޑައެޅުން ހިމެނޭއިރު ކުރިޔަށް އޮތްތާގައި އިތުރު ދަރިވަރުން މިކްލާސްތަކުގައި ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބެއެވެ.

މިކްލާސްތަކުގައި ކިޔަވައިދެނީ އެންއައީގެ ބޭފުޅުންގެ އިތުރުން އެހެންދާއިރާތަކުގައި މަސައްކަތްކުރައްވާ ބަހުގެ ތަޖްރިބާކާރު ބައެއް ބޭފުޅުންވެސް ހިމަނައިގެންނެވެ.

Leave a Comment

Your email address will not be published.