މަޖީދިއްޔާގެ އާޓް އެންޑް ކްރާފްޓް އެގްޒެބިޝަން މިމަހު 26 އަދި 27 ގައި

މަޖީދިއްޔާ ސްކޫލްގެ 2022-2023 ގެ އާޓް އެންޑް ކްރާފްޓް އެގްޒެބިޝަން މިމަހުގެ 26 ވަނަ ދުވަހު ފަށާނެކަމަށް އެސްކޫލުން މަޢުލޫމާތު ދީފިއެވެ. މިމައުރަޒު އޮންނާނީ މިމަހުގެ 26 އިން 27 އަށެވެ.

މަޖީދިއްޔާ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި މިއެގްޒެބިޝަންގައި ވަކިވަކި ކުދިން އަމިއްލަޔަށް ތައްޔާރުކުރާ ތަކެތިވެސް ބައިވެރި ކުރެވޭނެއެވެ. އަދި ކުލާހުގެ ހުރިހާ ކުދިން ހިމެނޭގޮތަށް ތައްޔާރުކުރާ ޕްރޮޖެކްޓްތައްވެސް  ކުލާސްތަކުގެ ނަމުގައި ބައިވެރި ކުރެވޭނެއެވެ.

މައުރަޒުގެ ފުރަތަމަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 4 ން 6 އަށް އަދި ރޭގަނޑު 8 ން 10 އަށެވެ. ދެވަނަ ދުވަހު މައުރަޒު އޮންނާނީ މެންދުރުފަހު 2 ން ހަވީރު 6 އަށެވެ.

މައުރަޒު އޮންނާނީ މަޖީދިއްޔާ ގެ ދާރުލް ޢުލޫމް ހޯލާއި ޞަލާހުއްދީން ހޯލްގައެވެ.

އެގްޒެބިޝަނަށް ދަރިވަރުންނާއި ކްލާސްތަކުން ދަނީ ތައްޔާރުވަމުންނެވެ.

Leave a Comment

Your email address will not be published.