މިއަހަރު އަލަށް ސްކޫލްތަކާ ގުޅުނު ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންނަށް އޮރިއެންޓޭޝަން ވާރކްޝޮޕެއް

މިއަހަރު ސްކޫލް ތަކާއި އަލަށް ގުޅުނު ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންނަށް އަމާޒު ކޮށްގެން ބާއްވާ ވާރކްޝޮޕް އެއް މިއަދު ފަށައިފިއެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓުން މަޢުލޫމާތު ދިންގޮތުގައި މިވޯރކްޝޮޕް މިމަހުގެ 25  ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މިވާރކްޝޮޕް މަސައްކަތު ވަގުތު ހަމަޖެހިފައިއޮތީ ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2.30 ން 4:30 އަށެވެ.

ވާރކްޝޮޕް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. ޖުމުލަ 133 ޓީޗަރަކު މިވޯރކްޝޮޕްގައި ބައިވެެރިވެއެވެ.

ވާރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ސްކޫލް ތަކާއި އަލަށް ގުޅުނު  ޓީޗަރުންގެ ކެޕޭސިޓީ އިތުރު ކުރުމާއި ގައުމީ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖްގެ ބަޔަށް އަހުލުވެރި ކުރުމާއި ކިޔަވައިދިނުމުގައި މާއްދާ ތަކުގެ ބައިތައް ގުޅުވާލައިގެން ފިލާވަޅު ގެންދާނޭ ގޮތް އޮޅުން ފިލުވައިދިނުމެވެ.

މިމަސަތްކަތު ބައްދަލުވުން ނިމިގެންދާއިރު ފިލާވަޅުތަކުގެ އައުޓްކަމްސް ތައް ހާސިލްވާނޭހެން ފިލާވަޅު ފަރުމާކުރާނެ ގޮތާއި އަދި ފެންވަރު ވަޒަން ކުރާނޭ ގޮތުގެ މަޢުލޫމާތު ބައިވެރީންގެ ކިބައިގައި ހުންނާނެކަމަށް އެންއައިއީ އިން ބުންޏެވެ.

 

Leave a Comment

Your email address will not be published.