މަޖީދިއްޔާގެ އާރޓް އެގްޒެބިޝަންގެ ފަހުދުވަހަކީ މިއަދު – އެގްޒެބިޝަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޑރ މުޞްޠަފާ ލުޠުފީ

‘މަޖީދިއްޔާ ސްކޫލްގެ އާޓް އެގެޒެބިޝަން 2020- ތުރޫ ދަ މައިންޑްސް އެންޑް ހޭންޑްސް އޮފް މަޖީދިޔަންސް’ އިއްޔެ ފަށައިފިއެވެ. 2 ދުވަހަށް ދިގުދެމިގެންދާ މިމައުރަޒު އިއްޔެގެ އިތުރުން މިއަދު އެސްކޫލްގައި އޮންނާނެއެވެ. މަޖީދިއްޔާގެ ދަރިވަރުންގެ ތަފާތު ފަންނުތަކުގެ ހުނަރު ފެނިގެންދާ  މި މައުރަޒު މިއަދު އޮންނާނީ މެންދުރުފަހު 2 ން ހަވީރު 6 އަށެވެ.

ދަރިވަރުންގެ ހިތުގައި އާޓްގެ ފަންނަށް ލޯބިޖެއްސުމަށާއި ތަފާތު ފަންނުތަކުގެ ތަކެތި ތައްޔާރުކުރުމުގެ ހުނަރާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަގްސަދާއެކު ބާއްވާ މިމަޢުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޑރ މުސްތަފާ ލުޠުފީއެވެ.

މިމަޢުރަޒުގައި 3 ކެޓަރީއަކަށް ތަކެތި ތައްޔާރުކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު ވަކިވަކި ދަރިވަރުންގެ އުފެއްދުންތަކާއި ކްލާސްތަކުގެ އުފެއްދުން ތަކުގެ އިތުރުން މުއައްޒަފުން ނުވަތަ ސްކޫލްގެ ވަކިވަކި ޑިޕާޓްމަންޓްތަކަށްވެސް އުފެއްދުންތަކަށްވެސް ކެޓެގަރީއެއްވަނީ ޚާއްސަކޮށްފައެވެ. އަދި މިކެޓެގަރީތަކުން ހޮވޭ ކަނޑައެޅިފައިވާ ވަނަތަކަށް އިނާމުދިނުންވެސް ވަނީ ހިމެނިފައެވެ.

ކެޓެގަރީ 1 ގައިހިމެނޭ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު 12 ހުށަހެޅުން، ކުރިޔަށްއޮތް އަހަރަށް ސްކޫލްގެ ކަލަންޑަރުތައްޔާރުކުރުންފަދަ ކަންކަމުގައި ބޭނުން ހިފާނެއެވެ.

ކެޓަގަރީ 1 ގައި ހިމެނެނީ ވަކިވަކި ދަރިވަރުން ތައްޔާރުކުރާ ތަކެއްޗާއި ކުރެހުންތަކެވެ.

Leave a Comment

Your email address will not be published.