‘ހެލްތު ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް’ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފ

“ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” ނިންމުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ⁦‪މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް‬⁩ގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބު އެވެ.

‏މި ކޮންފަރެންސްގައި ބައިވެރިވެފައިވަނީ މާލޭ ސަރަޙައްދުގެ 17 ސްކޫލަކުން މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނެވެ. މީގެ އިތުރުން އަތޮޅުތަކުން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ.

‏މި ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒުކުރުމަށް ބާރުއެޅުމާއި، ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލުގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ޙިއްޞާކޮށް،ސްކޫލުތަކުގެ މެދުގައި ތަޖުރިބާތައް ޙިއްޞާކުރުމެވެ.

މިބައްދަލުވުން ބޭއްވުނީ މިމަހުގެ 25 ން މިއަދާހަމަޔަށެވެ. ‏”ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމް އެވެ.

Leave a Comment

Your email address will not be published.