ކ. އަތޮޅު ސްކޫލްގެ އައު ޢިމާރާތް ބޭނުންކުރަން ފެށުން ފާހަގަކޮށް އެއްދަންފަޅީގެ ސްކޫލެއްގެ ގޮތުގައި އެސްކޫލުން ކިޔަވައިދޭން ފަށައިފިއެވެ. އަލަށް އިމާރާތް ކުރެވުނު ކ. އަތޮޅު މަދަރުސާގެ އައުއިމާރާތުގައި ހިމެނެނީ 16ކްލާސް ރޫމް ހިމެނޭ 4 ބުރީގެ އިމާރާތާއި މަލްޓިޕާރޕޯސް ހޯލް އެވެ. މި މަޝްރޫއަކީ ޕީއެސްއައިޕީގެ ދަށުން ހިންގުނު މަޝްރޫއެކެވެ. 35 މިލިޔަނަށްވުރެން ގިނަ ރުފިޔާ ކަނޑައެޅުނު މިމަޝްރޫޢުގައި ސޮއި ކުރީ 2019ވަނަ އަހަރުއެވެ.
އާއިމާރާތުގައި 16ކްލާސްރޫމާއި މަލްޓިޕާޕޯސްހޯލާއި އިލެކްޓްރިކަލް ރޫމަކާއި ޗޭންޖިންގ ރޫމަކާއި ދަރިވަރުންނަށް ޚާއްޞަ 25ފާޚާނާ ހުރެއެވެ. މީގެ އިތުރުން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ 2 ފާޚާނާއެއް ހިމެނެއެވެ.
އައު އިމާރާތުގައި ބިންގާއެޅީ 2019ވަނަ އަހަރުގެ އެޕްރީލްމަހުގައެވެ. އެކަމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ބިންގާއަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ./އޒ