‘މަތީ އަރުތަވެރީންގެ އިނާމު 2020-2021’ ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގެ އިނާމުދިނުން ބާއްވައިފި

“މަތީ އަރުތަވެރީންގެ އިނާމު 2020-2021” ދިނުމަށް ބާއްވަން ހަމަޖެހުނު ރަސްމިއްޔާތުގެ ދެވަނަ ރޭގެ ޖަލްސާވެސް ރޭ ދަރުބާރުގޭގައި ކުރިޔަށް ގެންގޮސްފިއެވެ.

ރޭގެ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނާއި ނާއިބު ރައީސް ފައިޞަލް ނަސީމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މީޑިއާ އާ ޙިއްސާ ކުރެއްވި ބަޔާނެއްގައި ކުރިން ވިދާޅުވެފައިވަނީ މިދިޔަ އަހަރަކީ ދިވެހި ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ އަހަރެއް ކަމަށެވެ. އަދި އެހާ ރަނގަޅު ނަތީޖާއެއް ލިބުމަށް މަގުފަހިވީ ދަރިވަރުންނާއި ޓީޗަރުންނާއި ސުކޫލު މެނޭޖުމެންޓުތަކާއި ޕްރިންސިޕަލުންގެ ހިތްވަރާއި ބެލެނިވެރިންގެ ފަންވަރުން ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިފަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް، އޯލެވެލް އަދި އޭލެވެލް ނަތީޖާއިން, އެންމެ ގިނަ ދަރިވަރުން ގަދަ 10ގައި ހިމެނުނު ފަހަރެވެ. މިދިޔަ އަހަރު އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު ހެދި 5955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުންވަނީ ގަދަ 10ގައި ހިމެނިފައެވެ. އޯލެވެލް ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން 13 ދަރިވަރަކު ވަކި ވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10ގައި ހިމެނިފައިވާއިރު ހަ ދަރިވަރަކު ވަނީ ހައި އެޗީވްމެންޓް އެވޯޑް ހާސިލުކޮށްފައެވެ.

މިދިޔަ އަހަރު ޖުމުލަ 2641 ދަރިވަރަކު އޭ ލެވެލް އަދި އެޗްއެސްސީ ހަދާފައިވާއިރު 348 ދަރިވަރުން ވަނީ އޭލެވެލް ގަދަ 10ގައި ހިމެނިފައެވެ. ހަމައެއާއެކު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10ވަނައިގެ ތެރެއިން 52 ވަނައެއް ހާސިލުކޮށްފައެވެ.

 

Leave a Comment

Your email address will not be published.