އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި ލ. އަތޮޅު ގަމު މުކުރިމަގު ސްކޫލްގައި ކްލާސްރޫމްތަކެއް އެޅުމަށް ކޮންޓްރެކްޓް ކޮށްފި

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ 12 ކުލާސްރޫމް އިމާރާތުގެ މަސައްކަތާއި ލ.އަތޮޅު ގަމު މުކުރިމަގު ސްކޫލްގައި 2 ކްލާސްރޫމް އިމާރާތްކުރުމަށް ދެކުންފުންޏަކާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫ ސްކޫލްގައި 12 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް އެމިނިސްޓްރީން ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 10،892،066.11ރ އަށް، ނޫރައްދީން އިންވަސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދް އިބްރާހީމް އެވެ. ނޫރައްދީން އިންވަސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ނޫރައްދީން އިންވަސްޓްމަންޓްގެ ވެރިޔާ އަލީ ނޫރައްދީން އެވެ.

ދެވަނަ ކޮންޓްރެކްޓްގައި ލ.ގަމު މުކުރިމަގު ސްކޫލްގައި 2 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 1،666،488.70ރ (އެއް މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަހާސް ހަތަރުސަތޭކަ އައްޑިހަ އަށް ރުފިޔާ ހަތްދިހަ ލާރި) އަށް މި މަސައްކަތް 85 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަބްދުﷲ ސައީދުއެވެ.

Leave a Comment

Your email address will not be published.