މޮޅެތި ކުދިން ޓީޗަރުންނަށް ނުވެ ރަނގަޅު ދަރިވަރުންތަކެއް ނުއުފެއްދޭނެ – އެޑިޔުކޭޝަން މިނިސްޓަރ

މިނިވަންކަމާއެކު ވިސްނާ ޝަޚްސީ ސިފަތަކަށް އިޙްތިރާމްކުރާ އަމަލީ ކުރިއެރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ވިސްނުންތެރިކަމާއެކު މަސައްކަތްކުރާ ކުދިބަޔަކަށް ވުމަށް 2020 ން 2021 އަށް ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާ ނިންމި ދަރިވަރުންނަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢައިޝަތު ޢަލީ ގޮވާލައްވައިފިއެވެ. މިނިސްޓަރ މި މޭރުމުން ގޮވާލެއްވީ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާންތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދި ކުދިންނަށް އިނާމު ދިނުމަށް ރޭ ބޭއްވި މަތީ އަރުތަވެރީންނަށް އިނާމުދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސާނަވީ އަދި މަތީ ސާނަވީ ނިންމި ދަރިވަރުންނަށް އަދި އެނިމުނީ ތައުލީމުގެ އެންމެ ހަރުފަތެއްކަމަށާއި އެކުދިންގެ ތައުލީމީ ޙަޔާތް އަދި ކުރިޔަށް އޮތީކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކާމިޔާބު ހާސިލުކުރި ކުދިން ކިބައިން ވަރަށް ޚާއްޞަ ކަމަކަށް އެދި ވަޑައިގަތެވެ. އެއީ އެކުދިންގެ ތެރެއިން އެންމެ ތޫނުފިލިކުދިން މުދައްރިސުންނަށް ވުމަށެވެ. އެކަމަނާ ވިދާޅުވީ ފަހުން އަންނަ ކުދިންނަށް ކިޔަވައިދޭނެ ރަގަނޅު މުދައްރިސުން ނުއުފެދޭނަމަ މިފަދަ އުފާވެރި ޖަލްސާތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަހަރަކަށްފަހު އަހަރެއް މަދުވެގެން ދާނެ ކަމަށެވެ. “މޮޅެތި ކުދިން ޓީޗަރުންނަށް ނުވެ ރަގަނޅު ދަރިވަރުންތަކެއް ނުއުފެއްދޭނެ” މޮޅެތި ދަރިވަރުން ޓީޗަރުންނަށްވުމަށް ކުރެއްވި އިލްތިމާސް ތަކުރާރުކުރައްވައި މިނިސްޓަރ ވިދާޅުވިއެވެ.

Leave a Comment

Your email address will not be published.