ތާޖުއްދީން ސްކޫލްގެ ‘ކަރިކިޔުލަމް ޑޭ’ ގެ ހަރަކާތްތައް އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވައިފި

ތާޖުއްދީން ސްކޫލްގެ ކަރިކިޔުލަމް ‘ޑޭ-2022’ ގެ ޙަރަކާތްތައް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ބައްލަވާ ލައްވައިފިއެވެ.

މިޙަރަކާތްތައް ބައްލަވާލެއްވުމަށް މިނިސްޓަރުވަނީ ކަރިކިޔުލަމް ޑޭ ގެ ހަރަކާތްތައް ހިނގަމުންދިޔަ ތާޖުއްދީން ސްކޫލަށް ޒިޔާރަތް ކުރައްވައި މިހަރަކާތްތަކަށް ޚާއްސަކޮށް ދަރިވަރުން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި އެކިއެކި ދަރިވަރުންނާ ބައްދަލުކުރައްވައި ކަންކަން އޮޅުން ފިލުއްވުމުގެ އިތުރުން ބައެއް ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެެވެ.

.

‘ކަރިކިޔުލަމް ޑޭ’ އަކީ 2016 ވަނަ އަހަރުން ފެށިގެން ތާޖުއްދީން ސްކޫލުން ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ޙަރަކާތެކެވެ. ކޮވިޑްގެ ދުވަސްވަރު މެދުކެނޑުމަށްފަހު އަލުން މިހަރަކާތް ބޭއްވީ މިފަހަރުއެވެ.

ތާޖުއްދީން ސްކޫލްގެ ކަރިކިޔުލަމް ޑޭ ގެ މައިގަނޑު މަގްޞަދަކީ ބެލެނިވެރިންނާއި ޓީޗަރުން ޤައުމީ މަންހަޖަށް އަހުލުވެރި ކުރުވައި ދަރިވަރުންނަށް ކަރިކިޔުލަމްގެ އެކިބައިތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުން ކަމަށް އެސްކޫލުން ބުނެއެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.