ފައުންޑޭޝަން ސްޓޭޖް ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް ކޮޅުމަޑުލު އަތޮޅުމަދުރަސާގައި ތަމްރީން ޕްރޮގްރާމެއް

ތުއްތުކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ (ފައުންޑޭޝަން ސްޓޭޖްގެ ޓީޗަރުންގެ ) ފަންނީ ގާބިލްކަން އިތުރުކުރުމަށް ތަމްރީންތަކެއް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގަމުން އެބަދެއެވެ. މިތަމްރީނުތައް މިފަހަރު ބާއްވަނީ ކޮޅުމަޑުލު ގުރައިދޫގައެވެ. ގުރައިދޫގައި ހުންނަ ތ.އަތޮޅު މަދުރަސާގައި ހިންގާ މިހަރަކާތުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ތަމްރީންތައް ކުރިޔަށް ގެންދަވަނީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އާރލީ ޗައިޑްހުޑް ޑިޕާޓްމެންޓްގެ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ދެބޭފުޅުންކަމުގައިވާ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓް ޝިޔާމާ އަބޫބަކުރާއި ކަރިކިޔުކަމް ޑިވެލޮޕްމެންޓް އެނެލިސްޓް ޢާއިޝަތު ޝިފާއެވެ.
މިއީ ތ. އަތޮޅު ސްކޫލުން އެދިގެން ކުރިޔަށް ގެންދާ ވޯރކްޝޮޕެކެވެ.


މިމަހުގެ 13 އިން 16 އަށް ތ. ގުރައިދޫގައި ހުންނަ އަތޮޅު މަދަރުސާ ގައި ކުރިޔަށް ގެންދާ މި ހަރަކާތުގައި ފައުންޑޭޝަން އަދި ޕްރީސްކޫލް ކްލާސްރޫމް އޮބްޒަވޭޝަންގެ އިތުރުން ކްލާސްރޫމް ސެޓަޕާއި މަންހަޖުގެ ބައިތައް ހާސިލްކުރާނެ ގޮތާއި ފިލާވަޅު ރާވާނެ ގޮތުގެ މައްޗަށް މައުލޫމާތު ދެވޭނެއެވެ. އަދި ތުއްތުކުދިންނަށް ވާހަކަ ކިޔައިދިނުމުގެ ހުނަރާއި ކްރިއޭޓިވް ރައިޓިންގ ހުނަރުގެ މައްޗަށްވެސް މައުލޫމާތުދީ ތަޖުރިބާ ހިއްސާ ކުރެވޭނެއެވެ.

މީގެ ތަމްރީންތަކަކީ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭ ތަންތަނަށް އަމާޒުކޮށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޢާންމުކޮށް ހިންގާ ތަމްރީން ތަކެކެވެ.

Leave a Comment

Your email address will not be published.