ޓީއާރުސީ ޓީޗަރ އެޑިޔުކޭޓަރުންނަށް ޔުނިސެފް-މޯލްޑިވްސްއިން ހަދިޔާކުރާ ލެޕްޓޮޕްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރުތަކުގައި މަސައްކަތް ކުރައްވާ ޓީޗަރ އެޑިޔުކޭޓަރުންގެ މަސައްކަތް ހަލުވިކޮށް މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެހީވެ ދިނުމުގެ ގޮތުން އެފަރާތްތަކަށް ލެޕްޓޮޕް ހަދިޔާކޮށްފިއެވެ. ޓީޗަރ އެޑިޔުކޭޓަރުންނަށް މިއެހީ ފޯރުކޮށްދެނީ ޔުނިސެފް މޯލްޑިވްސް އިންނެވެ.

ޔުނިސެފް މޯލްޑިވްސް އިން ޓީއާރުސީގެ ޓީޗަރ އެޑިޔުކޭޓަރުންނަށް ފޯރުކޮށްދޭ ލެޕްޓޮޕް ހަދިޔާކުރުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 14 ވަނަ ދުވަހު އެންއައީގައެވެ.


އެން އައި އީގެ ސެމިނާރ ރޫމްގައި ބޭއްވުނު މިރަސްމިއްޔާތުގައި އެންއައިއީ އިން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ އެއިންސްޓިޓިޔުޓް ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދެވެ. އަދި ޔުނިސެފް މޯލްޑިވްސްގެފަރާތުން  މިތަކެތި  އެންއައީ އާ ހަވާލުކޮށްދެއްވީ ޔުނިސެފް މޯލްޑިވްސްގެ ޑެޕިއުޓީ ރެޕްރެޒެންޓޭޓިވް ޕައުލޯ ސަސަރާއޯއެވެ.
ޔުނިސެފް މޯލްޑިވްސް އިން ހަދިޔާ ކުރި މިތަކެތީގެ އަގަކީ 214،544.00ރުފިޔާ ( ދެލައްކަ ސާދަ ހާސް ފައްސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އެވެ.

މި ރަސްމިއްޔާތުގައި އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބުއާއި ޔުނިސެފް މޯލްޑިވްސްގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް މަޒީނާ ޖަމީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Comment

Your email address will not be published.