ށ. ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ.ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކުރުން ބާއްވައިފިއެވެ. މިކަން އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

PISP- 2021 ގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކުރެވުނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އަފާމީ މޯލްޑިވްސް އިން ށ.ގޮއިދޫ ސްކޫލް 8 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 12،291،291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިއެގްރީމަންޓްގައި ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

Leave a Comment

Your email address will not be published.