ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނަށް އަހުލުވެރި ކުރުމަށް މަޢުލޫމާތު ދީފި

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ މުއައްޒަފުން އަހުލުވެރި ކުރުމަށް މަޢުލޫމާތު ދިނުން ބާއްވައިފިއެވެ. މިކަން އޮތީ މިއަދު ހެނދުނު އެންއައިއީގެ ސެމިނާރ ރޫމްގައެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނަކީ 17 އޮކްޓޫބަރ 2017 ގައި ގެޒެޓްކުރެވި މިހާރު ތަންފީޒުކުރަމުން އަންނަ ގާނޫނެކެވެ.

މިގާނޫނުގެ ދަށުން މުއައްސަސާތަކުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން އުފައްދާފައިވާއިރު މިގާނޫނު ތަންފީޒުކުރުމުގެ މަސައްކަތާއެކު ހިޔުމަން ރައިޓްސް ކޮމިޝަނުގައިވެސް ވަނީ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމުކޮށްފައެވެ. މިޔުނިޓް ޒިންމާވާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

ވިސްލް ބްލޯވްކުރާ ފަރާތްތައް ރައްކާތެެރި ކުރުމުގެ ގާނޫނަށް ހޭލުންތެެރި ކުރުމަށް އެންއައިއީގައި މިއަދު ބޭއްވި ސެޝަންގައި މަޢުލޫމާތު ދެއްވީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް އަލީ އާމިރު އާއިސީނިޔަރ ލީގަލް އޮފިސަރ ނަޒީރާ ހުސައިން އެވެ.

ގާތްގަނޑަކަށް 2 ގަޑިއެއްހައި އިރަށް ދިގުދެމިގެންދިޔަ މިސެޝަންގައި އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު އާއި މުއައްޒަފުން ބައިވެެރިވިއެވެ.

Leave a Comment

Your email address will not be published.