އިސްކަންދަރު ސްކޫލްގެ ‘ސްޓެމް ފެއަރ-2022’ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

އިސްކަންދަރު ސްކޫލުގެ “ސްޓެމް ފެއަރ 2022” ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. އެމަނިކުފާާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭަޝަން ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށް ފަހު ނައިބު ރައީސް ފައިޞަލް ނަސީމް އަދި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ފެއަރގެ ހުށަހެޅުންތައް ބައްލަވާލައްވާފައެވެ. މިފެއަރ ކުރިޔަށްގެންދަނީ އިއްޔެއާާއި އަދި މިއަދުއެވެ.


މި ފެއަރ ބާއްވަނީ އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެންނެވެ. މި ފެއަރގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއަރގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެއްކަން ވަނީ ހާމަ ކޮށްފައެވެ.

ފެއަރ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއަރގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ދަރިވަރުން ބައިވެރިކޮށްފައިވާ އުފެއްދުންތައް ބައްލަވާލައްވައިފައެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި އެމިނިސްޓްރީގެ ވެރިންވެސް ފެއަރގެ އުފެއްދުންތައް ބައްލަވާލެއްވިއެވެ.

Leave a Comment

Your email address will not be published.