ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން، ގައުމީ މަންހަޖަށް އަހުލުވެރި ކުރުވުމަށް ފުވައްމުލައް ސިޓީ އަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފި

ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން ގައުމީ މަންހަޖާއި ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ 4 ސްކޫލެއްގެ ދިވެހި މުދައްރިސުންނަށް އަމާޒުކޮށްގެން ހާފިޒް އަހްމަދު ސްކޫލްގައި 1 ދުވަހުގެ ވޯކްޝޮޕެއް ބާއްވާއިފިއެވެ. މި ވޯކްޝޮޕްގެ މަގުސަދަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުން ގައުމީ މަންހަޖަށް އަހުލުވެރި ކުރުވައި  މަންހަޖު  ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން  ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ  ހާފިޒް އަހްމަދު ސްކޫލާއި، ފުވައްމުލަކު ސްކޫލާއި، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އިތުރުން ޏ.އަތޮޅުތަޢްލީމީ މަރްކަޒުގެ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށެވެ. މި 4 ސްކޫލުން 32 މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރި ވިއެވެ.

އެންއައިއީގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް  އައިޝަތު ޒިދުނާ އަދި ޢަޛުރާތައުފީގު ފެސިލިޓޭޓް ކޮށްދެއްވި މި ވޯކްޝޮޕަކީ ދިވެހި ސިލަބަހާއި ގުޅޭ ގޮތުން ތަފާތު އެތަކެއް  މަޢުލޫމާތު ލިބިގެންދިޔަ އަދި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ގެންގުޅޭނެ ތަފާތު އުކުޅުތައް މުދައްރިސުންނަށް ދަސްވެގެންދިޔަ ވޯކްޝޮޕެކެވެ.

Leave a Comment

Your email address will not be published.