މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 90 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ޢިއްޒުއްދީން ސްކޫލްގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި ޕާމަންޓް ސެކެޓެރީ އަޙުމަދު ޢަލީ އާއި މިނިސްޓްރީގެ އިސްވެރިންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓްތަކުގެ މުއައްޒަފުން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވާހަކަފުޅު ދެއްކެވިއެވެ. މިއަދު ކުރިޔަށްދިޔަ އެހެން ހަރަކާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 90 އަހަރު ފުރުމުގެ ރަސްމިއްޔާތަށް ޚާއްސަ ކުރި ކޭކުފެޅުންވެސް އޮތެވެ.

Leave a Comment

Your email address will not be published.