6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

`

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين
The Chief Guest, Honourable, First Lady Fazna Ahmed,
The Mayor of Kulhudhuffushi City,
Distinguished Invitees,
Staff of the Education Ministry,
Conference Participants,
Ladies and Gentlemen:
Assalaam Alaikum and
Good morning.
Let me begin by welcoming you again to this renowned island، an island known for its diligent and industrious population. It is also the home of the second Community School ever—this school —which began its operations on 1st March 1978. Community schools were the precursors to the modern schools we have in the atolls today. It is, therefore, so fitting that the Teachers’ Conference is being held here, after 44 years of the opening of the School. Community Schools were to be the hub of all educational endeavours including adult and community education. It is an idea whose relevance we may have to revisit…
On behalf of the convenors of the conference and the Ministry of Education, I wish you all a pleasant stay, successful interactions and opportunities to meet and greet fellow teachers. I thank First Lady, Fazna Ahmed, for her presence here, not only as the Chief Guest but as an educationist at heart. Thank you.
With these few words of welcome, permit me to make my remarks in Dhivehi — the pride of our nation.
………………………………
މި މަހެފިލްގައި މިއަދު ހަމަ ގައިމުވެސް ގިނައިން ތިއްބަވާނީ މުދައްރިސުން. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން. ނުވަތަ ކޮންމެވެސް ގޮތަކުން ތަޢުލީމީ ދާއިރާއާ ގުޅުން ހުރި ބޭފުޅުން.
އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި އުނގެނުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، އެކި ބޭފުޅުން ދެއްވާނީ އެކި ޖަވާބުކަން ޔަޤީން. އަޅުގަނޑު އެދެނީ މި ވަގުތު ކޮޅުގައި، އުނގެނުމުގެ ބޭނުމަކީ ކޮބައިތޯ ތިޔަބޭފުޅުން ފިކުރު ހިންގާލައްވަން. އަދި އެ ފިކުރުމަތީ ތިއްބަވާ، އަޅުގަނޑު މިދަންނަވާ ވާހަކަތައް އަޑުއައްސަވައި އެއާ މެދު ރިވެލިކުރައްވަން.
…………..
މި އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުނު ފަހުން މިވީ 43 އަހަރުގެ ތެރޭގައި، މި ރަށުގެ، އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ވެށި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އަދި، ރަސްމީ ގޮތެއްގައި ދުނިޔޭގައި، މަދްރަސީ ތަޢުލީމު ފެށުނު ފަހުން މިވީ 150 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މުޅި ދުނިޔެވެސް ވަނީ ބަދަލުވެފައި. ބައެއް މުފައްކިރުންގެ ނަޒަރުގައި، ކުރީގެ ތަޢުލީމީ ނިޒާމުގެ ގޮތްތަކާއި ފޭޑިތައް، މި 21 ވަނަ ޤަރުނަކަށް އަރާ އަރަފޯދިގެން ނުވޭ. އެމީހުން ބުނަނީ، އަންނަޖެހޭ ބޮޑު ބަދަލަކީ އިންޤިލާބެއް ކަމަށް.
ދުނިޔެ ބަދަލުކޮށްލި ފުރަތަމަ ޞިނާޢީ އިންޤިލާބަކީ، އާވިން މެޝިން ހިންގައިގެން ގެނައި އިންޤިލާބު. ދެވަނަ އިންޤިލާބަކީ، އިލެކްޓްރިކް ބާރު ގެނުވި އިންޤިލާބު. ތިންވަނަ އިންޤިލާބަކީ، ކޮމްޕިއުޓަރުން ގެނައި އިންޤިލާބު. ހަތަރުވަނަ އިންޑަސްޓްރިއަލް ރިވޮލިޔުޝަން އަކީ، ނުވަތަ ޞިނާޢީ އިންޤިލާބު 4 އަކީ، ދެމެހެއްޓެނިވި ހަކަތަ އާއި އިންޓަރނެޓުން ގެންނަ ބަދަލުތައް. މިހަތަރުވަނަ ޞިނާޢީ އިންޤިލާބަށް ދަރިވަރުން ތަމްރީނުކުރުމަށް އަޅުގަނޑުމެން އިސްކަންދޭންވީ ކޮންކޮން ކަމަކަށްތޯ؟
……
ކޮންމެ މަދަރުސާ ކުއްޖަކާ މިއަދު ކުރިމަތިވަނީ، ތަފާތު އެތައް ވީޑިއޯތަކަކާއި މަންޒަރުތަކެއް. ބައެއް މީހުން ރީތިކަމަށް، ހުތުރު ކަންތައްތައް ހަދާ. ޙަރާމްކަންކަން ޙަލާލު ކަންކަމުގެ ގޮތުގައި ދައްކުވާ. ނިޔާ އާއި އަނިޔާ އެއްގޮތް ކުރަން އުޅޭ. އިންފޮމޭޝަން އާއި ޑިސްއިންފޮމޭޝަން ވަނީ ލާ މެހިފައި. ފޭކު ޚަބާރާއި ޙަޤީޤީ ޚަބަރު ވަނީ މެކުވެފައި. ޞައްޙަ ނޫން އެތައް މަޢުލޫމާތުގެ ބޯވާރެއިން، ޙަޤީޤަތުގެ މަލަމަތިވެސް ގެއްލޭ.
ތަޢުލީމީ ބައެއް މުފައްކިރުންގެ ނަޒަރުގައި، ޞިނާޢީ ހަތަރުވަނަ އިންޤިލާބަށް މުހިއްމީ ވިސްނުމުގެ ހުނަރުތަކާއި އިންސާނާގެ ޝަހުޞީ ސިފަތައް. ލިޔަންކިޔަން ދެތުމާއި ހިސާބުގެ ހުނަރުތަކުގެ އިތުރުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ބުއްދީގެ ތަރާދުން ވަޒަންކޮށް ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމުގެ ހުނަރު. ތިމާގެ ޝައުޤުވެރިކަން ދަމައިގަތުމަށް އެކި ކުލަތަކާއި އަޑުތަކުން ޒީނަތްތެރިވެގެން ތިމާއާ ދިމާއަށް އަންނަ ފޭކު މެސެޖުތަކުން ރެކުމުގެ ހުނަރު. ކުރުކޮށް ދަންނަވަނީ ނަމަ، ކްރިޓިކަލް ތިންކިންގގެ ހުނަރު. ފުންކޮށް، ފުޅާކޮށް ވިސްނުމުގެ ޤާބިލްކަން.
މީހަކަށް ފުންކޮށް ފުޅާކޮށް ވިސްނޭނީ އޭނާއަށް އެނގޭ މަޢުލޫމާތުގެ މިންވަރަކުން. އަދި ވިސްނާއިރު، މަޢުލޫމާތު ހިތުގައި ނެތް ނަމަ، އެ މަޢުލޫމާތު ހިމަނައިގެން ވިސްނޭކަށް ނޯންނާނެ. ވީމާ، އެކި ދާއިރާތަކުން ދަރިވަރުންނަށް އެނގެން ޖެހޭ މަޢުލޫމާތު މިވަނީ އިތުރުކުރަން ޖެހިފައި. ގިނަ މަޢުލޫމާތުތަކެއް ހިތުގައި ބެހެއްޓޭނީ، އަދި ބޭނުންވާ ހިނދަކު ހޯދޭނީ، ހިތުގައި އެ ގުދަންކޮށް ތަރުތީބުކުރާ އިންތިޒާމެއްގެ ސަބަބުން. ވީމާ، ދަރިވަރުންނަށް އަޅުގަނޑުމެން މި ދަސްކޮށްދޭން ޖެހެނީ އޮށްޓަރުގެ އިތުރަށް ތަކެތި ދަސްކުރާނޭ ގޮތް. ތަކެތި ދެތުމަށް ފަހު، އެ ބޭނުންވާ ޙާލަތްތައް ދެނެގަނެ އެ ބޭނުންކުރާނޭ ގޮތް.

ތިމާގެ ޝައުޤުވެރިކަން ހޯދުމަށް ތަފާތު މަޢުލޫމާތާއި މަންޒަރުތައް ވާދަކުރަމުންދާއިރު، ދަރިވަރުންގެ ގައިގައި ޝަޚްޞީ ސިފަތަކެއްވެސް އަށަގަންނުވަން ޖެހޭ. ވަކި ކަމަކަށް ސަމާލުކަން ދީ، ފޯކަސް ކުރުމާއި، ވިސްނާ ގޮތާ ބެހޭ ގޮތުން ވިސްނުން. ނަފްސަށް އިތުބާރު ކުރުމާއި އަނެކާގެ އިޙްސާސްތައް ދެނެގަތުން. ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތްކުރުން.
ކަންކަން ހޯދާބެލުމުގެ ޝައުޤުވެރިކަން — ކިޔުރޯސިޓީ ނުވަތަ އަރުމަވެރިކަން. އަމިއްލައަށް ތަޖްރިބާކޮށްގެން ދަސްކުރުމާއި ކުރަން ފަށާކަމެއް ދޫނުކޮށް އެއްވާނެއްގައި ކުރުން.
މި މަހާސިންތާ އިންތިޒާމު ކުރެއްވުމުގައި އިސްކޮށް އުޅުއްވި އެން.އައި.އީ. ގެ ހީވާގި މުވައްޒަފުންނަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. މި ބައްދަލުވުން މި ބޭއްވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން. އެހެންކަމުން ވެ ދެއްވި އެހީއަށްޓަކައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރުގެ އަތްތިލަބަޑިއަކަށް އެދެން.
އަޅުގަނޑު އުއްމީދުކުރަނީ މި ރެސް ނިމޭއިރު ޒަމާނީ ތަޢުލީމާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރީންގެ މެދުގައި ފެތުރިގެން ދާނެކަމަށް. އަދި، އެކި މަޝްވަރާތަކުން އަޅުގަނޑުމެންގެ ޤައުމުގެ މިސްރާބް ގެންދަންވީ ތަސްވީރެއް ކުރެހިގެންދާނެ ކަމަށް. ކުރިޔަށް އޮތް 2 ދުވަހަކީ ތިޔަ ހުރިހާ ބޭފުޅުންނަށް ކާމިޔާބު، ފައިދާ ހުރި 2 ދުވަހަށް ވާނެކަމަށް އުއްމީދުކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.
ވައްސަލާމް ޢަލައިކުމް.
24 ޑިސެންބަރު 2022

Leave a Comment

Your email address will not be published.