6 ވަނަ “އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ “އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް” ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަހަރު މި ކޮންފަރެންސް ކުރިއަށްދާނީ 24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭން ބޭރުން ޓީޗަރުންނާއި ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނެއެވެ.

6 ވަނަ “އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް” ގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވަރކްޝޮޕް ކުރިއަށް ދާނެއެވެ. އަދި ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެއެވެ.

Leave a Comment

Your email address will not be published.