ކެނދިކުޅުދޫ ސްކޫލްގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ކޮންޓްރެކްޓް ކޮށްފި

 

ނ. ކެނދިކުޅުދޫ ސްކޫލުގެ 03 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ “ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ” އެވެ.

މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 11،084،571.72ރ (އެގާރަ މިލިއަން އަށްޑިހަ ހަތަރު ހާސް ފައްސަތޭކަ ހަތްދިހަ އެއް ރުފިޔާ ހަތްދިހަ ދެ ލާރި)އަށް މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހީމްއެވެ.

Leave a Comment

Your email address will not be published.