ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ލ.ގަން، ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. ޙަމަދު ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރީ 400 ދުވަސްތެރޭގައި ނިންމާގޮތަށް، 13،308،746.74ރ އަށް، ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހިމްއެވެ.

Leave a Comment

Your email address will not be published.