ސްކޫލްތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކުރުމަށް ކުރިއަށްގެންދާ “ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023” ފެށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މިއަދު ބާއްވައިފިއެވެ.
މި ޓުއަރގެ ޕްރޮގްރާމްތައް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ފާޠިމަތު ނަޞީރު އެވެ.
15 ޖަނަވަރީ އިން 19 ޖަނަވަރީއަށް ކުރިއަށްދާ މި ޓުއަރގައި މިފަހަރު 20 ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023″ ފެށުމަށް ފަހު، ޓުއަރގެ ބައިވެރިންނާ ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ބައްދަލު ކުރައްވާފައެވެ.
މިޓުއަރގެ ބައިވެރިންވަނީ އިމާދުއްދީން ސްކޫލަށް މިއަދު ޒިޔާރަތްކޮށްފައެވެ.